

16 މާރިޗު 2023
Mohamed Shaarif Hassan Saabig
ރޯދަމަހަކީ ތަފާތު ތަރުކާރިއާއި މޭވާގެ ބާވަތްތައް ބޭނުންވާ މިންވަރު އިތުރު މަހެކެވެ. ޚާއްސަކޮށް ކަރައަކީ ރޯދަމަހު ފަނިގިރަން ގިނަ އަދަދަކަށް ބޭނުންކުރާ މޭވާއެކެވެ. އެހެންކަމުން މިއަހަރުގެ ރަމަޞާން މަހަށް ތައްޔާރު ވުމުގެ ގޮތުން އެގްރޯނެޓްގެ ދަނޑުވެރިންވެސް ވަނީ ތަފާތު ބާވަތްތައް ހައްދާ ކަނޑަން ތައްޔާރު ކޮށްފައެވެ.

ގދ .ފިޔޯރީ ފަދަ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ބައެއް ރަށްތަކުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން ވަނީ ކަރާ ، ބަޓަރނަޓް ، ހަނީ މެލަން ބާޒާރަށް ނެރުމަށް ތައްޔާރުކޮށްފައެވެ. މިބާވަތްތަކަކީ ދިވެހި ދަނޑުވެރިންގެ ހީވާގި މަސައްކަތުން ރާއްޖޭގައި ހައްދާފައިވާބާވަތްތަކެވެ.
ގދ.ފިޔޯރީ 15 މާރޗް 2023 ވަނަ ދުވަހު ވަނީ 2357 ކިލޯ ކަރާ ، 670 ކިލޯ މެލަން އަދި 190 ކިލޯ ބަޓަރނަޓް އެކުލެވޭހެން ޖުމްލަ 3217 ކިލޯ ދަންޑުތަކުން ކަނޑާފަ ފޮނުވަން ތައްޔާރުކޮށްފައެވެ.މިދިޔައަރު ގދ.ފިޔޯރީ ދަނޑުވެރިން ގާތްގަނޑަކަށް 26 ޓަނުގެ ބަޓަރނަޓް، ކަރާ އަދި ހަނީމެލަން ބާޒާރަށް ނެރެފައިވެއެވެ.

ހަށިގަނޑަށް އެންމެ ފައިދާ ހުރިގޮތަށް ، ދަނޑުވެރިކަމާއި ބެހޭ ފަންނީ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުގެމަތިން ބޭހާއި ގަސްކާނާ ހުންނަންޖެހޭ މިންގަނޑުތަކަށް ބޭނުންކޮށްގެން ހައްދާފައިވާ އެގްރޯނެޓްގެ ބާވަތްތައް މިއަހަރުވެސް ރޯދައިގެ ކުރިން ބާޒާރަށް ނެރުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ.
