ތަޢާރަފު

ތަޢާރަފު

ކުންފުނީގެ މަޤްޞަދަކީ ޞިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްޤީ ކުރުން

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) އަކީ ، ސަރުކާރުގެ ސަތޭކަ އިންސައްތަ ޙިއްޞާ އޮންނަ ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޮމްޕެނީ (އެމް.އެފް.އެމް.ސީ.) އަށް ނިސްބަތްވާ ކުންފުންޏެކެވެ. ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން ، ޞިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްޤީ ކުރުމެވެ. އެގްރޯނެޓް އުފެދިފައިވަނީ ، 21 އެޕްރީލް 2020 ގައެވެ. ކުންފުނި އުފެދިގެން އައިސްފައިވަނީ ، 2019 އިން 2023 އަށް ހިންގުމަށް އެކަށައަޅާފައިވާ ، "ސްޓްރެޓީޖިކް އެކްޝަން ޕްލޭން" ގައި ތަފުޞީލުކޮށްދީފައިވާ ، "ނޫ އިޤްތިޞާދު" ގެ ތަޞައްވުރަށް ވާޞިލުވާން އަމާޒު ހިފާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެހެންކަމުން ، މާތް ﷲ ގެ ވާގިފުޅާއެކު ، އެގްރޯނެޓްގެ އަމާޒަކީ ، ދަނޑުވެރިކަމަށް ބޭނުންވާ އިދާރީ އަދި ފަންނީ ދާއިރާއިން ލިޔާޤަތާއި ޤާބިލިއްޔަތު އުފައްދައި ، ތަރައްޤީކޮށް އާ ހަރުފަތަކަށް ދިވެހި ދަނޑުވެރިކަން ވާޞިލް ކޮށްދިނުމެވެ. އަދި ، ފައިދާއާއި ނަފާލިބޭ އިޤްތިޞާދީ ޙަރަކާތެއްގެ ގޮތުގައި ، ދަނޑުގޮވާން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެހީތެރިވެދީގެން ، ދިވެހި ދަނޑުވެރިކަމުގެ ޞިނާޢަތު ތަރައްޤީ ކުރުމެވެ.

ސްޓްރެޓީޖިކް އެކްޝަން ޕްލޭން - ދަނޑުވެރިކަން

ދިވެހި ސަރުކާރުން 2019-2023 ތެރޭގައި ދަނޑުވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށް ޚާއްޞަކުރައްވައިގެން ، ސަރުކާރު ޙިއްޞާވާ ކުންފުންޏެއް ޤާއިމްކުރުމަށް ހުށަހެޅުއްވިއެވެ. ކުންފުނީގެ އަމާޒަކީ ދަނޑުވެރިކަމުގެ ޞިނާޢަތަށް "ބްލޫ އިކޮނޮމީ ވިޝަން"ގެ ދަށުން އައު ދިރުމެއް ގެނައުމެވެ. ދަނޑުވެރިކަމުގެ ޞިނާޢަތަކީ މުހިއްމު ދާއިރާއަކަށް ވެފައި އަދި ޒަމާނީ އެއްވެސް ތަރައްޤީއެއް މިހާތަނަށް ނައިސް ، އެތައް ޒަމާންތަކެއްވެފައިވާކަން ސަރުކާރަށް ފާހަގަކުރެވި، ދަނޑުވެރިކަން ތަރައްޤީކުރުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައި ، ދަނޑުވެރިކަމަކީވެސް ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މުހިއްމު ތަބެއްގެގޮތުގައި ހެއްދެވުމަށް އެޖެންޑާ ކުރެއްވުމެވެ.

ސަޕްލައި ޗެއިން ހަރުދަނާ ކުރުން

ދިވެހިރާއްޖޭގެ ދަނޑުވެރިކަމަށް ދެވިފައިވާ ސަމާލުކަން އިތުރަށް ހަރުދަނާކޮށް ، ދަނޑުވެރިންގެ އުފެއްދުންތެރިކަމުގެ މިންވަރު އަދި ދަނޑުވެރިކަމުން އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވޭނޭ ގޮތްތައް ދެނެގަނެވި ، އަދި ދަނޑުވެރިކަމުގައި ބޭނުންކުރެވޭ ނިޒާމުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދެވޭ ކަމެއްގެ ގޮތުގައި ކަށަވަރުކުރުމާއި ، ރާއްޖޭގެ މާޙައުލު ރައްކާތެރިކުރުމާ އަދި ގުޅުންހުރި ދާއިރާތަކާއެކީ މަސައްކަތްކޮށް ، ޖަމާޢަތުގެ ފުދުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމެވެ.

ކޮންޓްރެކްޓް ދަނޑުވެރިކަން

ކޮންޓްރެކްޓް ދަނޑުވެރިކަމުގެ ސަބަބުން ދަނޑުވެރިންގެ އުފެއްދުންތަކަށް މާކެޓްގެ ޔަޤީންކަން ލިބިގެންދެއެވެ. ފެންވަރު ރަނގަޅު އުފެއްދުންތަކާއި ޓެކްނޮލޮޖީތައް ލިބިގަތުމާއި އުފެއްދުންތަކުގެ އަގުތައް އެއްހަމައެއްގައި ހިފެހެއްޓުމުގެ އިތުރުން ދަނޑުވެރިކަމުގެ ނަފާ އިތުރުވެގެންދެއެވެ. ކޮންޓްރެކްޓް ދަނޑުވެރިކަމަކީ ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީ ކޮށް ކުރިއެރުވުމާއި، ކާބޯތަކެތީގެ ރައްތކާތެރިކަން ލިބިގެން ދިއުމުގެ އިތުރުން ދަނޑުވެރިކަމުގެ ސިޔާސަތު އިތުރަށް ކުރިއަރައިގެންދާނެއެވެ.

ތަޞައްވުރު

ރައްޔިތުން ބާރުވެރިކުރުވުމާއެކު ، ޢިލްމާއި ފަންނަށް އަހުލުވެރިކުރުވައިގެން ، ރާއްޖޭގެ ދަނޑުވެރިކަމުގެ ޞިނާޢަތުގެ މުސްތަޤްބަލް ތަރައްޤީކޮށް ދެމެހެއްޓުން.

އަމާޒު

ބައިނަލްއަޤްވާމީ ފެންވަރުގައި ދަނޑުވެރިކަމުގެ ޙައްލުތައް ހޯދައިދީގެން ، ރާއްޖޭގައި ދަނޑުވެރިކަމުގެ އުފެއްދުންތައް މާރުކޭޓަށް ފޯރުކޮށްދޭ އިސް ތަނަކަށް ވުން. ދަނޑުވެރިކަމުގެ ފެންވަރު ރަނގަޅު އާލާތާއި ތަކެތި އަބަދުވެސް ލިބެން ހުންނާނެ އިންތިޒާމެއް ޤާއިމްކޮށްދިނުން.

ޑިރެކްޓަރުންގެ ބޯޑު

ފާތިމަތު ނައްފަތު އަބްދު ވައްހާބް

ނަން އެގްޒެކެޓިވް ޑައިރެކްޓަރ އަދި ޗެއަރޕާރސަން

އަހުމަދު ނާޒިމް

ނަން އެގްޒެކެޓިވް ޑައިރެކްޓަރ

ހުސެއިން ޑީ.ޑީ

އެގްޒެކެޓިވް ޑައިރެކްޓަރ އަދި މެނޭޖިންގ ޑައިރެކްޓަރ

ބައިވެރިން

Ministry ofRepublic of MaldivesEconomic Development
Ministry ofRepublic of MaldivesFisheries, MarineResources & Agriculture

އެގްރޯ ނެޝަނަލް ކޯޕަރޭޝަން،,
ހ.އޯކިޑް, B8
އަމީރު އަޙުމަދު މަގު, ދިވެހިރާއްޖެ

info@agronational.mv
+960 3030 400

© އެގްރޯ ނޭޝަނަލް ކޯޕަރޭޝަން 2024