ޚިދުމަތްތައް

ފޯރުކޮށްދޭ ޚިދުމަތްތައް

ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުން

ޒަމާނުއްސުރެ ، ދިވެހިންގެ ދިރިއުޅުމާ ގުޅި ، މުޖުތަމަޢު ޙިއްޞާ ކުރަމުން އަންނަ ، ދަނޑުވެރިކަމަކީ ، ތަރައްޤީ ނުވެ އޮތް އަދި ، ޒަމާނީ ތަރައްޤީއާއި އައު އުފެއްދުންތެރިކަމަށް ހުޅުވިފައި ނެތް ޞިނާޢަތެކެވެ. ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ، ދިވެހި ދަނޑުވެރިކަން ތަރައްޤީކޮށް ، ޞިނާޢަތެއްގެ ގޮތުގައި ކުރި އަރުވައި ކޮޅަށްޖެހުމެވެ.އެގްރޯނެޓްގެ އަމާޒަކީ ދަނޑުވެރިންގެ އުފެއްދުންތަކަށް ރަނގަޅު އަގެއް ލިބޭފަދަ ސަޕްލައި ޗޭނެއް ޤާއިމްކުރުމެވެ. އެހެންކަމުން މިކޯޕަރޭޝަނުން ދަނޑުވެރިންގެ އަތުން އެމީހުން އުފައްދާ މޭވާއާއި ތަރުކާރީ ގަނެ، އެ އުފެއްދުންތައް ހޯލްސޭލް ކޮށްގަންނަ ފަރާތްތަކަށް އަލުން ވިއްކާނެ އެވެ. މީގެއިތުރުން ދަނޑުވެރިކަމުގެ އުފެއްދުންތައް އިމްޕޯޓް ކުރުން ބަދަލުކުރުމުގެ ސިޔާސަތެއް އެކުލަވާލުމަށް މަސައްކަތްކޮށް، ރާއްޖޭގެ ދަނޑުވެރިން އުފައްދާ ބާވަތްތަކުގެ އިމްޕޯޓް %50 މަދުކުރުމެވެ. އަދި ރާއްޖޭގައި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ދާއިރާގައި ވެލިއު އިތުރުކުރުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ ދަނޑުވެރިކަމުގެ އެކްސްޕޯޓްތަކަށް ރާއްޖެއިން ބޭރުގެ މާކެޓްތައް ހޯދުމެވެ. ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި، ދަނޑުވެރިކަމުގެ އާމްދަނީ ރަނގަޅުކުރުމެވެ..

ދަނޑުވެރިންނަށް މާރކެޓުން ފުރުޞަތު ހޯދައިދިނުން

އަޅުގަނޑުމެންގެ މަޤްޞަދަކީ ، ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް އެކަށީގެންވާ އަގެއް ލިބޭނެކަމުގެ ޔަޤީންކަންދިނުމާއެކު ، އެތަކެތީގެ އަގު ، ލަސްނުކޮށް އަދާކުރުމެވެ. މިހާރު ، ކުރަމުން އަންނަ ދަނޑުވެރިކަމުގެ ވަށްޓަފާޅި ، ވިޔަފާރި އުޞޫލަށް ފައްތައިގެން ، ދާއިމީގޮތަކަށް އާމްދަނީ ލިބިލިބި ހުންނަ މަސައްކަތަކަށް ބަދަލުވުމުން ، ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ހަމައަގުލިބި ، ގެއްލުން ކުޑަވުމާއެކު ، އުކާލަންޖެހޭ މިންވަރު މަދުވެގެންދާނެއެވެ.

ސަޕްލައިކުރާ ފަރާތްތައް ބެލެހެއްޓުން

ސަރަޙައްދީ އަދި ރަށު ކޯޑިނޭޓަރުންނާއި ، ގުޅުންހުރި ފަރާތްތަކުގެ ވިއުގައިގެ ތެރެއިން ، ދަނޑުވެރިކަމުގެ އުފެއްދުންތައް މާރކެޓަށް ފޯރުކޮށްދިނުމަށް ، އަޅުގަނޑުމެން މަސައްކަތް ކުރާނަމުއެވެ. ރާއްޖެ އުފެދިފައި އޮތްގޮތުން ، މުދައު އުފުލައި ގެންގުޅުމުގައި ، ސަޕްލައިކުރާ ފަރާތްތަކަށް ކުރިމަތިވާ ދަތުރުފަތުރާއި އެހެނިހެން ދަތިތައް ޙައްލުކޮށްދިނުމަށް ، އަޅުގަނޑުމެން މަސައްކަތް ކުރާނަމުއެވެ.ދަނޑުވެރިންނަށް މާކެޓްގެ މައުލޫމާތު ފޯރުކޮށްދިނުމާއި މާކެޓް އިންފްރާސްޓްރަކްޗަރ ރަނގަޅުކޮށްދޭން މަސައްކަތް ކުރެވޭނެއެވެ.

އުފެއްދޭ މިންވަރު އިތުރުކޮށް ތަރައްޤީ ކުރުން

ދަނޑުވެރިންގެ އުފެއްދުމުގެ ޤާބިލުކަން ތަރައްޤީކުރުމަކީ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެކެވެ.އެހެންކަމުން ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނާއި ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.ދަންޑުވެރިކަމުގެ ޓެކްނޮލޮޖީތައް ތައާރަފްކުރުމަށް އެހީތެރިވެ ތަފާތު ދިރާސާތަކާއި ސިނާޔަތް ކުރިއެރުވުމަށް އެހީވެދޭނެއެވެ.އަޅުގަނޑުމެން ސަޕްލައި ކުރާ ފަރާތްތަކާއި ރީޓެއިލް ފިހާރަތައް ފަދަ ހޯލްސޭލް ގަންނަ ފަރާތްތަކަށް ލޯކަލް އުފެއްދުންތައް ލިބޭނެ މަގު ތަނަވަސްކޮށްދޭނަމެވެ.

އަޅުގަނޑުމެންނާ
ގުޅިވަޑައިގަންނަވާ

އެގްރޯނެޓްގެ ދަނޑުވެރިކަމުގެ ޙަރަކާތްތަކުގައި ބައިވެރިވުމަށް:

އީމެއިލް
info@agronational.mv
ފޯން
3030400

އެގްރޯ ނެޝަނަލް ކޯޕަރޭޝަން،,
ހ.އޯކިޑް, B8
އަމީރު އަޙުމަދު މަގު, ދިވެހިރާއްޖެ

info@agronational.mv
+960 3030 400

© އެގްރޯ ނޭޝަނަލް ކޯޕަރޭޝަން 2024