15 މާރިޗު 2023
Mohamed Shaarif Hassan Saabig
ދިރާސާވެރިން ދަނީ ސޮލިޑް ލިކުއިޑް ގޭސް ފަދަ ހާލަތްތަކުގެ ހަތަރު ވަނަ ހާލަތެއް ބޭނުންކޮށްގެން ، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށްދޭ ތިމާވެށި ތަޣައްޔަރު ނުވާ ޕްލާސްމާގެ ގާބިލްކަމާ މެދު ބޮޑު އުންމީދުތަކެއް ކުރަމުންނެވެ..
ޕްލާސްމާ އަކީ އަޖައިބުކުރަނިވި މާއްދާއެކެވެ. މިއީ ސޮލިޑް ، ލިކުއިޑް ، ގޭސް މާއްދާގެ ހަތަރުވަނަ ޙާލަތުގެ ގޮތުގައި ބެލެވޭ މާއްދާއެކެވެ. ޕްލާސްމާއަކީ ހުރިހާ ތަނެއްގައިވެސް ހުންނަ އެއްޗެކެވެ. ހަގީގަތުގައި ކައުނުގައިވާ ހުރިހާ މާއްދާއެއްގެ 99.9 އިންސައްތައަށްވުރެ ގިނަ މާއްދާއަކީ ޕްލާސްމާގެ ސިފައިގައި ހުންނަ މާއްދާތަކެއް ކަމަށް ބެލެވެއެވެ.
އަޅުގަނޑުމެން އެންމެބޮޑަށް އަހުލުވެރިވެފައިވަނީ ދާރުލްއާސާރުތަކާއި ހަދިޔާ ފިހާރަތަކުގައި ހުންނަ ނޮވެލްޓީ ލައިޓުތަކުގެ ތެރޭގައި ޕްލާސްމާގެ ގޮތުގައި ހުންނަ މާއްދާއަށެވެ. ނަމަވެސް ޕްލާސްމާއަކީ ގުދުރަތީ ގޮތުން އަވި ،ވިދުން އަދި ނޯދަރން ލައިޓްސް ފަދަ އަލިތަކުގައި އެކުލެވޭ އެއްޗެކެވެ. އެކި ސިނާއަތްތަކުގައި ޕްލާސްމާގެ ދައުރު ހޯދުމަށް ކުރި ދިރާސާތަކުން ދަނޑުވެރިކަމުގައި ޕްލާސްމާ ބޭނުންކުރެވިދާނެ ކަންވަނީ ހޯދިފައެވެ.
ވަކިން ހާއްސަކޮށް ފިނި ޕްލާސްމާ ޓެސްޓް ކުރަމުންދަނީ ގަސްގަހާގެހި ހެދިބޮޑުވުން އަވަސްކޮށް، ތިމާވެއްޓަށް ރަނގަޅު ގަސްކާނާ އުފެއްދުމުގެ ގޮތުންނެވެ. އަދި އެކަން ކުރެވިދާނެކަން ވަނީ ހާމަވެފައެވެ. ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ފިނި ޕްލާސްމާއަށް ހުށަހެޅުމުން އޮށް އަވަހަށް ފަޅާނެއެވެ. މިއީ ސައިންޓިފިކް ކޮންސެޕްޓެއް ކަމުގައި ހީވި ނަމަވެސް، ވިދުމުގެ އަލި ފޯރާ ހިސާބުތަކުގައި ހެދިފައިވާ ގަސްގަހާގެހި އަވަހަށް ބޮޑުވާކަން ދަނޑުވެރިން ދެކެމުން އަންނަތާ ދިހަވަރަކަށް އަހަރު ވެއްޖެ އެވެ.
ޕްލާސްމާގެ ބައެއް އަސާސީ ކަންތައްތަކަށް އަލިއަޅުވާލާއިރު ޕްލާސްމާ އަކީ ގޭހެއް ފަދަ އެއްޗެއް ކަމުގައި ވިޔަސް، ގޭހަށް އިތުރު ސުޕަރހީޓް ނުވަތަ ވަރުގަދަ އިލެކްޓްރޯމެގްނެޓިކް ފީލްޑަކަށް ހުށަހެޅުން ފަދަ ހާލަތެއް މެދުވެރިވެ ގޭހުގައި ހުންނަ ބައެއް އިލެކްޓްރޯންތައް މިނިވަންވެގެން ދިއުމެވެ. މިއީ ގޭހެއް ފަދައިން ވާއެއްޗެއް ކަމުގައި ވިޔަސް، ގޭސްތަކަކީ ނިއުޓްރަލް އެއްޗެހި ކަމުގައި ވުމާއި، ޕްލާސްމާއަކީ ޕޮޒިޓިވް ނުވަތަ ނެގެޓިވް ޗާޖް ވެފައި ހުންނަ އެއްޗެކެވެ. މިކަމުގެ ސަބަބުން ޕްލާސްމާއަށް ،މިސާލަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ނުވަތަ މެގްނެޓިކް ފީލްޑްތަކަށް ރައްދުދިނުމުގެ ޤާބިލުކަން ލިބިގެންދާއިރު، މިއީ ނިއުޓްރަލް ގޭސްތަކަށް ނުކުރެވޭ ކަމެކެވެ.
ޕޮލިޓެކްނިކް މޮންޓްރިއަލްގެ ފިޒިސިސްޓް ސްޓެފަން ރޮއިޓާ ގިނަ ދުވަސްތައް ހޭދަކުރަނީ ހަކަތައާއި މާއްދާގެ ދާއިރާއިން އޭނާގެ ތަޖުރިބާ ބޭނުންކޮށްގެން މެޑިކަލް ޓެކްނޮލޮޖީތައް ރަނގަޅުކުރުމަށެވެ. ނަމަވެސް ދާދި ފަހުން އޭނާ މަސައްކަތްކުރީ ޗާޖުކޮށްފައިވާ ޕާޓިކަލްތަކަކުން ލެޓިއުސް ހެދިބޮޑުވާގޮތާއި މެދު ވިސްނާށެވެ.
ދަނޑުވެރިކަމުގެ ހަކަތައާއި މެދު ގަސް އިންދާ މީހުން އަލުން ވިސްނުމަށް އެހީތެރިވުމަށް ކިއުބެކްގެ އެންމެ ބޮޑު ވިޔަފާރި ގްރީންހައުސްތަކުގެ ތެރެއިން އެއް ގްރީންހައުސްއަށް އޭނާއަށް ދައުވަތު ދީފައިވެ އެވެ. ބިއްލޫރި ފާރުތަކުން ވަށާލެވިފައިވާ އަދި ހަތަރު ފުޓްބޯޅަ ދަނޑަށް ވުރެ ބިޔައިމާރާތުގެ ތެރޭގައި، ހައިޑްރޯޕޮނިކް ނުވަތަ ވެލިނުލާ ، ހެދޭ ނިޒާމެއްގައި ޕޮލިސްޓައިރިން މެޓްތަކުގައި އެތައް ހާސް ލެޓިއުސް ގަސްތަކެއް އުފެދިފައި ހުއްޓެވެ. އެ ބާވަތް އުފުރާ، ޕެކޭޖްކޮށް، ޝިޕްކުރަން ގާތްގަނޑަކަށް ތައްޔާރުވެފައި ހުއްޓެވެ. ރޮއިޓާގެ މަސައްކަތަކީ ފިޒިކްސް ބޭނުންކޮށްގެން މިރާބެލްގައި ހުންނަ ކުންފުނި، ހައިޑްރޯސެރޭ އިންކް އަށް ކާބަން ފުޓްޕްރިންޓް ކުޑަކުރުމަށް އެހީތެރިވުމެވެ.
ކުންފުނިން ޝައުގުވެރިވަނީ ގަހަށް ބަލިޖައްސާ ޕެތޯޖަންތަކާ ދެކޮޅަށް މަސައްކަތްކުރާނެ އާ ގޮތްތަކެއް ހޯދުމަށާއި، ހެދޭ ގަސްގަހާގެހިތަކަށް ރަނގަޅުކާނާ ފޯރުކޮށްދިނުމަށެވެ. ގިނަ ގަސްކާނާގައި އެމޯނިއާ ހުންނައިރު، މިއީ ގަސްގަހާގެހި ހެދުމަށް ބޭނުންވާ ނައިޓްރޯޖަން އާއި ހައިޑްރޯޖަންއިން އުފައްދާ ކެމިކަލް ރިއެކްޝަނެއް ކަމަށްވާ ހާބަރ-ބޮޝް ނިޒާމުން އުފައްދާ ގޭހެކެވެ. މި ޕްރޮސެސްގެ ސަބަބުން 20 ވަނަ ގަރުނުގެ ކުރީކޮޅު ދަނޑުވެރިކަމަށް އިންގިލާބެއް ގެނެސްދިނީ ގިނަ އަދަދަކަށް ގަސްކާނާ އުފެއްދުން ފަސޭހަވެގެންނެވެ. ނަމަވެސް މި ޕްރޮސެސްގެ ސަބަބުން ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިއަން މެޓްރިކް ޓަނެއްގެ ކާބަންޑައިއޮކްސައިޑް އުފެދެއެވެ.
ހަޤީގަތުގައި ބޭނުންވަނީ އިއާދަކުރަނިވި ގަސްކާނާއެއް އުފެއްދުންކަމުގައި ރޮއިޓާ ބުންޏެވެ. އަދި ހަގީގަތުގައި ތިމާވެއްޓާއި ރައްޓެހި އުފެއްދުންތަކަކަށް ހެދުމަށްޓަކައި، ކާނާ ދަނޑުގައި އުފައްދަން ޖެހެނީ ، ދަތުރުފަތުރުގެ ސަބަބުން ކާބަން ދޫކުރާ އަދަދު ދަށްކުރުމަށެވެ. ރޮއިޓާ ހިމެނޭހެން އިތުރު ކެމިސްޓުންނާއި ފިޒިސިސްޓުންނާއި އިންޖިނިއަރުން ދެކޭގޮތުގައި އެކަން ކުރެވޭނެ ގޮތް ފެނިދާނެއެވެ. މި ދިރާސާވެރިން މަސައްކަތްކުރަނީ މުސްތަގުބަލުގައި ދެމެހެއްޓެނިވި ގަސްކާނާތަކެއް އުފެއްދުމަށާއި، ދަނޑުތަކުގައި ވަޔާއި އިރުގެ ހަކަތަ ފަދަ އިއާދަކުރަނިވި ހަކަތައިން ލިބޭ ހަކަތަ ބޭނުންކޮށްގެން ސައިޓްގައި ވަރުގަދަ ގަސްކާނާއެއް އުފެއްދުމަށެވެ. އެމީހުން އުންމީދު ކުރަނީ ޕްލާސްމާ ބޭނުންކޮށްގެން މި ތަސައްވުރު ހަގީގަތަކަށް ހެދުމެވެ.
ދިހަވަރަކަށް އަހަރު ވަންދެން ސައިންސްވެރިންނަށް އެނގިފައިވާ ގޮތުގައި ޕްލާސްމާއަށް ހުށަހެޅުމުން ޕެތޯޖެނިކް ބެކްޓީރިއާ، ފަންގަސް އަދި ވައިރަސްތައް ރައްކާތެރިކަމާއެކު މަރުވެދާނެއެވެ. ޖަނަވާރުތަކުގެ މައްޗަށް ކުރެވުނު ކުދިކުދި ދިރާސާތަކުން ވެސް ދައްކާ ގޮތުގައި ޕްލާސްމާ އަކީ ހަމުގައި ލޭހޮޅިތައް ބެއްދުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ. ރޮއިޓާ އޭނާގެ ދިރާސާގައި މި ޕްރޮޕަޓީތައް ބޭނުންކޮށްގެން ޒަޚަމްތަކުގައި އާ އިންފެކްޝަންތައް ހުއްޓުވައި، ހަމުގެމައްސަލަތައް ރަނގަޅުކުރުމަށް އަވަސްކޮށް ނުވަތަ ހަމުގެ އެހެން ހާލަތްތަކަށް ފަރުވާ ދިނުމުގެ ގޮތްތައް ދިރާސާކޮށްފައިވެ އެވެ. އެކަމަކު ފަހަކަށް އައިސް އޭނާ އާއި އެހެން ފިޒިސިސްޓުން ގެންދަނީ ޕްލާސްމާގެ ބާރު ބޭނުންކޮށްގެން ކާބޯތަކެތި އުފެއްދުން ރަނގަޅު ކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ދާދި ފަހުން ވޮލްކޯވް ވަނީ ބުޝް ބީން ފޭސިއޮލަސް ވަލްގަރިސް ގެ ވައްތަރެއް ކަމަށްވާ ޑްރެގަންސް-ޓޮންގްގެ 20 އޮށަކަށް ޕްލާސްމާގެ އަސަރު ކުރާނެ ގޮތް ދިރާސާ ކުރަން ފަށާފައެވެ. އެ ތަޖުރިބާއަކީ ލޯ ޓެކް ތަޖުރިބާއެކެވެ. އޭނާ އާއި އޭނާގެ އެކުވެރިން ޕްލާސްމާ ބޯޅައެއްގައި ކޮންމެ އޮށެއް އެއް މިނެޓް ވަންދެން ބެލެންސްކޮށް، އޭގެ ފަހުން ހަތް ގަޑިއިރު ވަންދެން ފެނުގައި އޮށް އިންކިއުބޭޓް ކުރި އެވެ. އޭގެ ދެ ދުވަސް ފަހުން ސައިންސްވެރިންނަށް އެނގުނު ގޮތުގައި ޕްލާސްމާ ފަރުވާ ދިން އޮށުގައި ރެޑިކަލް — އޮށެއް ގަހަކަށް ހަދާ މޫ ނިކުމެފައިވާ ތަންތަން — 2.7 ސެންޓިމީޓަރު ހުރިއިރު، ފަރުވާ ނުކުރާ އޮށުގައި 1.8 ސެންޓިމީޓަރު ބޮޑުވެ، 50 ޕަސެންޓްގެ ކުރިއެރުމެއް ލިބުނެވެ. އެ ޓީމުން ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފަންކްޝަނަލް ޕްލާންޓް ބަޔޮލޮޖީގައި ނަތީޖާ ރިޕޯޓްކޮށްފަ އެވެ.
ސާބިއާގެ އިންސްޓިޓިއުޓް އޮފް ފިޒިކްސް ބެލްގްރޭޑްގެ ފިޒިސިސްޓް ނެވެނާ ޕުއާޗް ވަނީ ގަސްގަހާގެހިން ޕްލާސްމާ ޓެސްޓްކޮށް ދިހަވަރަކަށް ދިރާސާ ކޮށް، އެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަތާ ދިހަވަރަކަށް އަހަރު ވެއްޖެ އެވެ. އޭނާ ބުނާ ގޮތުގައި ގިނަ ދިރާސާތަކުން — ކާމިޔާބު ވިޔަސް ނުވިޔަސް — ދެ ޚިޔާލެއް ޓެސްޓްކޮށްފައިވެ އެވެ: ޕްލާސްމާ އަކީ ބަލިނައްތާލާއެއްޗެއްގެ ގޮތުގައި ނުވަތަ ގަސްހެދިބޮޑުވާން ބާރުއަޅާއެއްޗެއްގެ ގޮތުގަ އެވެ.
ޑިސްއިންފެކްޓިން ފްރަންޓްގައި އާފަލާއި ޗެރީ ޓޮމާޓޯ އަދި ލެޓިއުސް ފަދަ ކާނާތަކަށް މިނިޓަކަށް ވުރެ މަދު ވަގުތުކޮޅެއްގެ ޕްލާސްމާ ޖެޓް ފަރުވާ ދިނުމަކީ އެސްޗެރިޗިއާ ކޮލައި، ސަލްމޮނެލާ އަދި ލިސްޓިރިއާ ފަދަ ބަލި ޖައްސާ ބެކްޓީރިއާތައް މަދުކޮށްދެއެވެ.ބައެއް ދިރާސާތަކުގައި ބަލާފައި ވަނީ އެކްސްޕޯޝަރ ޓައިމް ގިނަ ކޮށްގެނެވެ. 2008 ވަނަ އަހަރު ކުރި ދިރާސާއެއްގައި ފަސް މިނެޓް ވަންދެން ޕްލާސްމާ ފަރުވާ ދިނުމުން ހެޒެލްނަޓް، ޕީނަޓް އަދި ޕިސްޓާޗިއޯ ގައި ހުންނަ ޕެތޯޖެނިކް އެސްޕަރޖިލަސް ޕެރަސިޓިކަސް ފަންގަސްގެ 90 ޕަސެންޓް އިންއެކްޓިވޭޓް ވެފައިވެ އެވެ.
މި ދިރާސާއިން ދައްކާ އެއްޗަކީ، ރޮއިޓާ އިން ބުނާ ގޮތުގައި، ދުނިޔޭގެ ދަނޑުތަކުގައި ޕްލާސްމާ އާންމުވުމުގެ ކުރިން، މާއްދާގެ ހަތަރު ވަނަ ހާލަތުގެ ސަބަބުން ގަސްގަހާގެއްސަށް އަސަރު ކުރާއެތައް ގޮތްތަކަކާއިމެދު ސައިންސްވެރިން ރަނގަޅަށް ވިސްނަން ޖެހެ އެވެ.
މިސާލަކަށް ގަސްގަހާގެއްސަށް ކާމިޔާބު ނަތީޖާތަކެއް ލިބެނީ ބައެއް ގޮތްގޮތުން ޕްލާސްމާއިން އުފައްދާ ޔޫވީ ރޭޑިއޭޝަންގެ ސަބަބުން ކަމަށް ވެދާނެއެވެ؛ ޔޫވީ ރޭޑިއޭޝަން އަކީ ޑިސްއިންފެކްޓެންޓެއްގެ ގޮތުގައި ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ދިރިހުރި ސެލްތަކަށް އެހީތެރިވެދޭ ނުވަތަ ގެއްލުން ލިބިދާނެ ރިއެކްޓިވް ނައިޓްރޯޖަން އަދި އޮކްސިޖަން ސްޕީޝީސް، ނިއުޓްރިއެންޓް އަދި ޑިސްއިންފެކްޓެންޓްގެ ގޮތުގައި ވެސް އެހީތެރިވެދޭ ކަމަށް ބެލެވެއެވެ. އަދި ޕްލާސްމާ އިން އިލެކްޓްރިކް އަދި މެގްނެޓިކް ފީލްޑް އަދި އިންފްރާރެޑް އަދި ފެންނަ އަލި އުފައްދައެވެ. ގަސްގަހާގެހިތަކަށް ކުރާ އަސަރު ފުރިހަމައަށް ހޯދިފައެއް ނުވެއެވެ. ދިރާސާވެރިންނަށް ޕްލާސްމާގައި ހުންނަ އެއްޗެއް އެނގި، އަދި ގަސްގަހާގެހިން ދޭ ރައްދު ފެންނަ ނަމަވެސް، އެމީހުންގެ ތަފްސީލުތައް މެޕްކޮށްފައި ނުވާ ކަމަށް ވޮލްކޯވް ބުންޏެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ސްކޭލްތަކާއި އެކި ސެޓިންގްސްތަކުގައި ޕްލާސްމާ ޓެސްޓް ކުރުމުގެ މަޝްރޫއުތައް ކުރިއަށް އެބަދެއެވެ. ޔޫގަންޑާގައި މަސައްކަތްކުރާ ޑަޗް ސައިންސްވެރިން ވަނީ ޕްލާސްމާ ބޭނުންކޮށްގެން ވައިގެ ތެރެއިން ގަސްކާނާ އުފައްދާ ޕޯޓަބަލް “ރިއެކްޓަރ” އުފައްދާފައެވެ. އެމީހުން އުންމީދު ކުރަނީ މި އީޖާދުގެ ސަބަބުން ދަނޑުވެރިންނަށް ގިނަ ފަހަރަށް އެމޯނިއާ ނުލިބޭ ތަންތަނުގައި ކާނާގެ ބޭނުން ފުއްދައިދެވޭނެ ކަމަށެވެ.
މިދިޔަ އަހަރު ކޮވިޑް-19 ބަލިމަޑުކަމުން އޭނާގެ ލެބް ބަންދުކުރިއިރު، އޭނާގެ މަސައްކަތްތަކާއި އަދި އޭނާގެ ޕްލާސްމާ ބޯޅަތައް ގެއަށް ގެންދިޔައެވެ. އޭނާގެ ބަގީޗާއަށް ބޭނުންވާ ތަރުކާރީ އޮށްތައް ޕްލާސްމާގެ މުއްސަނދި، ދަނބުކުލައިގެ އަލީގައި މިނިޓެއްހާއިރު ބެހެއްޓުމަށްފަހު، އެއޮށްތައް އިންދިއެވެ.
"އެއީ ކިއުކަމްބާ، ޓޮމާޓޯ، ބަށި، ކެބެޖް،" ކަމުގައި އޭނާ ބުންޏެވެ. ބެކްޔާޑް ޓެސްޓް ރަން އަކީ އެއްވެސް ކަމެއްގެ ހެއްކެއް ނޫން ކަމަށް ވޮލްކޯވް ފަސޭހައިން ގަބޫލުކުރެއެވެ.އެކަމަކު މިދިޔަ އަހަރުގެ ތެރޭގައި އޭނާއަށް ފެނުނީ ހައިރާން ކުރުވަނިވި ބާވަތްތަކެކެވެ. އޮކްޓޯބަރު މަހުގެ ފަހުކޮޅު އޭނާ ބޭނުންކުރަމުން ދިޔައީ ޕްލާސްމާ ޓްރީޓްކޮށްފައިވާ އޮށުން ހެދިފައިވާ ބޮޑެތިޓޮމާޓޯ ބިނދެގެންކަމަށާއި، އެއީ ގިނަ ފަހަރަށް ޕްލާސްމާއިން ފަރުވާ ނުކުރާ އޮށުން ހެދިފައިވާ ގަސްތައް ހިކިފައިވާ ދުވަސްވަރެއް ކަމަށެވެ.