ޕްރޮޖެކްޓް

ސްކޫލް ގާޑަނިން ޕްރޮގްރާމް

5 މާރިޗު 2023

Mohamed Shaarif Hassan Saabig

އެގްރޮނެޓް ސްކޫލް ގާޑަނިންގ ޕްރޮގްރާމަކީ ދުޅަހެޔޮ ކާނާ ކެއުމުގެ އާދަތައް ކުރިއެރުވުމާއި ދަރިވަރުން ގުދުރަތީ ދުނިޔެއާ ގުޅުވައިދިނުމަށް ހިންގޭ ފައިދާހުރި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ތައުލީމީ ދާއިރާގެ ފަރާތްތަކަށް އަމަލީ، އަދި ފަންނީ ކަންކަމުގެ ތެރެއިން އުނގެނުމުގެ ފުރުސަތު އަދި ދަރިވަރުންގެ ތައުލީމު އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި މަޝްރޫޢުގައި އެގްރޯނެޓް އިން ބާރުއަޅާނީ ، އޯގަނައިޒް ފާމިންގ އާއި ދަނޑުވެރިކަމުގައި ޖީއޭޕީ (ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް) ބޭނުންކޮށްގެން ދަނޑުވެރިކަންކުރުމަށެވެ. ސްކޫލް ދަރިވަރުންނަށް ދަނޑުހެދުމުގެ ކޮންމެ މަރުހަލާއެއްގައި ވެސް ހަރަކާތްތެރި ވުމުގެ ފުރުސަތު ލިބޭނެއެވެ. މިކަމުގެ މަޤްޞަދަކީ ދަރިވަރުންނަށް އެކުދިންގެ ދަނޑުތަކާއި ދަނޑުހެއްދުމުގެ ކަންކަމުގައި ޒިންމާދާރުކަމުގެ އިޙްސާސް ކުރެވޭނެ ގޮތް ހެދުމެވެ.

އެގްރޯނެޓް އިން ދަނޑުހެއްދުމުގެ ތަމްރީނު ދިނުމާއި ދަނޑުވެރިކަމުގެ ހަރަކާތްތަކަށް ޝެޑިއުލް ހެދުމުގައި އެހީތެރިވެދޭނެ އެވެ. ޖީއޭޕީ ތައާރަފްކޮށް އެގްރޯނެޓް އިން ސްކޫލް މެނޭޖްމަންޓް އަދި ދަރިވަރުންނަށް ޖީއޭޕީ ބޭނުންކުރުމުގައި އެހީތެރިވެދޭނެއެވެ. ސްކޫލް ގާޑަނިންގ ޕްރޮގްރާމްގައި ކެމިކަލް ބޭނުންކުރުން މަދުކުރުމަށާއި އޯގަނިކް ދަނޑުވެރިކަމުން ދަރިވަރުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ލިބޭ ފައިދާތައް ދަސްކޮށްދިނުމަށް އޯގަނިކް ދަނޑުވެރިކަން ކުރިއެރުވުމަށް ވަނީ ހަމަޖެހިފައެވެ.

އާންމު ދަނޑުވެރިކަން ސްކޫލުން ކާމިޔާބް ކަމާއެކު ފުރިހަމަ ކުރުމުން ޒަމާނީ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީ ސްކޫލަށް ތައާރަފް ކުރެވޭނެއެެވެ. ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ބަގީޗާ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ދެވޭއިރު،ޒަމާނީ ޓެކްނޮލޮޖީތައް ތައާރަފް ކުރުމަކީ ފައިދާހުރި ކަމެއް ކަމުން ދަރިވަރުން އަންނާނީ އާންމު ދަނޑުވެރިކަމާއި އާ ޓެކްނޮލޮޖީތަކުގެ ތަފާތުތައް ދަސްކޮށް ދަނޑުވެރިކަމުގެ ވިސްނުންތައް އިތުރުވަމުންނެވެ.

ސްކޫލް ގާޑަނިންގ ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ.

ސައިންސާއި ބެހޭ ގޮތުން ދަސްކުރުން: ސްކޫލް ގާރޑަނިންގ ޕްރޮގްރާމްއިން ދަރިވަރުންނަށް ގަސްގަހާގެހި ބަޔޮލޮޖީއާއި ބިމުގެ ސައިންސް އަދި އެހެނިހެން ސައިންޓިފިކް ކޮންސެޕްޓްތަކާ ބެހޭ ގޮތުން ދަސްކުރެވޭނެ އަމަލީ ކްލާސްރޫމެއް ލިބިގެންދެއެވެ.

ނިއުޓްރިޝަން އެޑިއުކޭޝަން: ސްކޫލް ގާޑަނިންގ ޕްރޮގްރާމްގެ އެހީގައި ދަރިވަރުންނަށް ދުޅަހެޔޮ ކާނާ ކެއުމުގެ އާދަތަކާއި މޭވާއާއި ތަރުކާރީ ބޭނުންކުރުމުގެ މުހިންމުކަން ދަސްކޮށްދެވިދާނެ އެވެ.

ތިމާވެށީގެ ހޭލުންތެރިކަން: ސްކޫލް ގާޑަނިންގ ޕްރޮގްރާމްއިން ދަރިވަރުންނަށް ތިމާވެށްޓާ ބެހޭ ގޮތުން ދަސްކޮށްދެވޭއިރު، އޭގެ ތެރޭގައި ފެނާއި އެހެނިހެން ވަސީލަތްތައް ރައްކާތެރިކުރުމުގެ މުހިންމުކަން ވެސް ހިމެނެ އެވެ.

ޖިސްމާނީ ހަރަކާތްތެރިކަން: ބަގީޗާ ހެދުމަށް ބޭނުންވަނީ ޖިސްމާނީ ހަރަކާތްތެރިކަން ކަމަށާއި، މިއީ ދަރިވަރުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

މުޖުތަމަޢުގެ ބައިވެރިވުން: ސްކޫލް ގާރޑަނިންގ ގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނާއި މުޖުތަމަޢުގެ މެމްބަރުން އެއްތަނަކަށް އެއްކޮށް، މުޖުތަމަޢުގެ އިޙްސާސާއި ހިއްސާކުރެވޭ ޒިންމާއެއް އުފެއްދުމަށް އެހީތެރިވެދެއެވެ.

ދިރިއުޅުމުގެ ހުނަރުތައް: ދަނޑުހެއްދުމަކީ ދަރިވަރުންނަށް ޕްލޭނިންގ، މައްސަލަ ހައްލުކުރުމާއި، ޒިންމާދާރުކަން ފަދަ ހުނަރުތައް ދަސްކޮށްދޭނެ ކަމެކެވެ.

އެގްރޯ ނެޝަނަލް ކޯޕަރޭޝަން،,
ހ.އޯކިޑް, B8
އަމީރު އަޙުމަދު މަގު, ދިވެހިރާއްޖެ

info@agronational.mv
+960 3030 400

© އެގްރޯ ނޭޝަނަލް ކޯޕަރޭޝަން 2024