ޕްރޮޖެކްޓް

އެގްރޯނެޓްގެ އެޕް އަދި ވެބްސައިޓް ޕްރޮޖެކްޓް

26 މޭ 2021

އެގްރޯނެޓްގެ އެޕް އަކީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މާސްޓަރ ޕްލޭންގައިވާ ގޮތަށް ދަނޑުވެރިންނާއި ކަސްޓަމަރުންނާއި ގުޅުވާލަދޭނެ އަދި އެފަރާތްތަކުގެ ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް އެތަކެތި ވިއްކުމާ ހިސާބުން ފެށިގެން، ގުދަންކުރުމާއި އެތަކެތި ފޯރުކޮށްދިނުމަށް ކުރާ ހުރިހާ ކަމެއް ފަސޭހަކަމާއެކު މެނޭޖްމަންޓަށް ބެނުންވާ ފުރިހަމަ ހައްލު ހޯދާދެވޭ އެޕެކެވެ.

އެޕްލިކޭޝަން ފަރުމާކޮށް ތަރައްޤީކޮށްފައިވަނީ "ލޯންގްސްޓޯރީ" ކިޔާ އުފެއްދުންތެރި ރާއްޖޭގައިވާ ޑިޖިޓަލް ސްޓޫޑިއޯއަކުންނެވެ. މިމަޝްރޫޢަށް ހޭދަކުރަނީ ވަރަށް ދީލަތިގޮތެއްގައި ޔޫ.އެން. ޑީ.ޕީ. އިންނެވެ.

މިއެޕްލިކޭޝަން މެދުވެރިކޮށް އެގްރޮނެޓްގައިތިބޭ ދަނޑުވެރިކަމުގެ މާހިރުންގެ ފަރާތުން ދަނޑުވެރިންނަށް، އެފަރާތްތަކުގެ މަސައްކަތްތައް ހިންގުމާއި އަދި މަސައްކަތްތައް ހިނގާ ނުހިނގާ މިންވަރު ދެނެގަނެ، މަސައްކަތާއި ގުޅޭގޮތުން ކަމުގެ ތަޖުރިބާކާރު ލަފާ ލިބެއެވެ. އަދި ދަނޑުވެރިންނަށް އެފަރާތްތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް  އަދި އުފެއްދުންތައް އިތުރުކުރުމަށް ދަނޑުވެރިންނަށް ބެނުންވާ ކަމުގެ ތަމްރީނުތައް ފޯރުކޮށްދިނުމަށް މަގުފަހި ކޮށްދެވެއެވެ.

މަރުކަޒީ އިންވެންޓްރީ ނިޒާމް މެދުވެރިކޮށް މިއެޕްލިކޭޝަންގެ ތެރޭން ވަގުތުން ވަގުތަށް ލިބިދެވޭ ޑޭޓާގެ އެހީގައި ކަސްޓަމަރުންގެ ފަރާތުން ލިބިފައި ހުންނަ ރިކުއެސްޓްތަކަށް ސަމާލުވެވި، އަދި ލިބިފައި ހުންނަ ދަނޑުވެރިންގެ އުފެއްދުންތައް އެކި ބައިބަޔަށް އަޅާ، މެނޭޖްކުރެވެއެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު އެފަރާތްތަކުން ތަކެތި ގަތުމަށް އޯރޑަރުކޮށް، ބޭނުންވާ ތަނަކަށް ފޯރުކޮށްދިނުމަށް ޚިޔާރު ކުރެވި، އެއޯރޑަރުތައް ވީހިސާބު ދެނެގަނެވެއެވެ. މިއީ ތަކެތި ގަންނަ ފަރާތްތަކަށް ކުރެވޭ ވަރަށްވެސް ހިތްހަމަ ޖެހޭ ތަޖުރިބާއެކެވެ.

ގާތްގަނޑަކަށް ދެމަސްދުވަހު އެގްރޯނެޓްގެ ޓީމާއި ކޮންސަލްޓަންޓުން ގުޅިގެންކުރި މަސައްކަތުގެ ތެރޭން މިކަމަށް ބޭނުންވާ ވަރަށް ތަފްޞީލީ ޑޮކިއުމަންޓެއް ވަނީ ތައްޔާރު ކުރެވިފައެވެ. މިޑޮކިއުމަންޓުގައި އެޕްލިކޭޝަން ތައްޔާރު ކުރުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ހިމެނި އަދި މިމަޝްރޫޢުގެ ދަށުން ދެފަރާތުން ހާސިލް ކުރުމަށް ބޭނުންވި ކަންތައްތައްވަނީ ވަރަށް ބޮޑަށް އެއްގޮތް ކުރެވިފައެވެ. 

މިމަޝްރޫޢުގެ ބޮޑުކުޑަ މިނަށް ބެލުމަށްފަހު، ވެބް އެޕްލިކޭޝަންގެ ބައިތައް ފަސޭހަކޮށް މެނޭޖްކުރުމަށްޓަކައި އެކި ރޯލު ތަކާއި މަސައްކަތްތައް ވަނީ ތަފާތު މޮޑިއުލްތަކަށް ބަހާލެވިފައެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް  13 ބައެއް ހިމެނޭ މޮޑިއުލް ތަކެއް ތިރީގައިވާ ލިސްޓްގައިވާ ގޮތަށް ބަހާލެވެއެވެ: 

1. އެޑްމިން މޮޑިއުލް

2. އެގްރޮނޮމިސްޓް މޮޑިއުލް

3. ސޭލްސް މޮޑިއުލް

4. ފައިނޭސް މޮޑިއުލް

5. އެގްޒެކިޔުޓިވް މޮޑިއުލް

6. އޮޕަރޭޝަންސް މޮޑިއުލް

7. ކޯޑިނޭޓަރ މޮޑިއުލް

8. ލޮގިސްޓިކްސް މޮޑިއުލް

9. ފާރމަރ (ދަނޑުވެރިޔާ) މޮޑިއުލް

10. ކަސްޓަމަރ މޮޑިއުލް

11. ޓްރެއިނަރ މޮޑިއުލް

12. ސަޕްލަޔަރ މޮޑިއުލް

13. ރީޖަނަލް މޮޑިއުލް

މި 13 މޮޑިއުލްގެ ތެރޭން، 4 މޮޑިއުލްކަމަށްވާ (ދަނޑުވެރިޔާ، ވިލަރެސްކުރާފަރާތް، ލޮޖިސްޓިކްސް އަދި ވެރިން) ހިމެނޭގޮތަށް މޮޑިއުލް އެޕްލިކޭޝަން ތައްޔާރުކުރެވި، އައިއޯއެސް އަދި އެންޑްރޮއިޑް ޕްލެޓްފޯރމްގައި ބޭނުން ކުރެވޭގޮތަށް ވަނީ ފޯރުކޮށްދެވިފައެވެ. އަދި އިތުރަށް ފާހަގަ ކޮށްލެވޭ ކަމަކީ ދަނޑުވެރިންގެ އެޕްލިކޭޝަން ދިވެހި އަދި އިނގިރޭސި ބަހުން ތައްޔާރު ކުރެވޭނެކަމެވެ. 

ޕްރޮޖެކްޓްގައި ފޯރުކޮށްދެވޭނެ ބައިތައް

ތިރީގައި ބަޔާންކުރެވިފައި އެވަނީ ކޮންސަލްޓަންޓުން ފޯރު ކޮށްދެވޭނެ ބައިތަކެވެ:

1. ކުންފުނީގެ ވެބްސައިޓް ދިވެހި ބަހުން އަދި އިނގިރޭސި އަމިއްލަވަންތަކަން އެކުލެވޭ ގޮތަށް ހުރިހާ ބައިތަކެއް ހިމެނޭ މެނޭޖްމަންޓްގެ ނިޒާމް (ސީއެމްއެސް)

2. އެގްރޮނެޓް ވެބް އެޕްލިކޭޝަން އަދި ފަރުމާ ކުރުން (13 މޮޑިއުލް)

3. އައިއޯއެސް އަދި އެންޑްރޮއިޑަށް ބޭނުން ކުރެވޭގޮތަށް މޮބައިލް އެޕްލިކޭޝަން ޑިޒައިންކޮށް ފަރުމާކުރުން

ވެބްސައިޓްވަނީ ފުރިހަމަކޮށް އަދި ފޯރުކޮށްދެވިފައެވެ. އަދި ކުރިޔަށް ނިންމަންހުރި ފޯރުކޮށްދޭންޖެހޭ ބައިތައް ނިމުމަކާއި ގާތަށް އައިސްފައިވާއިރު، އަޅުގަނޑުމެން އެގްރޯނެޓުން އުންމީދު ކުރަނީ މިކަމުގެ ސަބަބުން ދަނޑުވެރިކަމުގެ ސިނާއަތު ޒަމާނާއި އެއްގޮތައް ބަދަލުވެގެންދާނެކަމަށެވެ.

އެގްރޯ ނެޝަނަލް ކޯޕަރޭޝަން،,
ހ.އޯކިޑް, B8
އަމީރު އަޙުމަދު މަގު, ދިވެހިރާއްޖެ

info@agronational.mv
+960 3030 400

© އެގްރޯ ނޭޝަނަލް ކޯޕަރޭޝަން 2024