ބްލޮގް

އެގްރޯ ނެޓުން ކުރިއަށް ގެންދާ ކޮންޓްރެކްޓް ފާމިންގ ޕުރޮގުރާމުގެ ފޮނިމީރުކަން ލިބިއްޖެ

27 މޭ 2021

ކޮންޓްރެކްޓް ފާރމިންގ ޕުރޮގުރާމް މިވަގުތަށް އަމާޒުކުރެވިފައި ވަނީ 45 ރަށަކަށެވެ. 17 ބާވަތުގެ ތެރޭގައި ހިމެނެނީ، ބަރަބޯ، ފަތްކެޔޮ، ބަށި، މެލަން، ފަޅޯ، ކަރާ، ބަޓަރ ނަޓްސް، ޓޮމާޓޯ، ކިއުކަމްބާ، ޗިޗަންޑާ، ތޮރާ، މާމިއާ ތޮޅި، ބީންސް، ކެޕްސިކަމް، ލެޓިއުސް، ކެބެޖް، ޗައިނީސް ކެބެޖް. ދެ ބާވަތް ފިޔަވައި ދެން ހުރި ބާވަތްތަކުގެ ތެރެއިން ގިނަ ބާވަތްތައް ވަނީ ބާޒާރަށް ނެރެވިފައެވެ. ކޮވިޑް19 ގެ މި ދަތި ދަނޑިވަޅުގައި ވެސް ދަނޑުވެރިންނާއި، ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކޮންޓްރެކްޓް ފާމިންގ މަޝްރޫޢުގެ ފޮނި މީރުކަން ލިބިއްޖެއެވެ.

އެގްރޯނެޓާއެކު ކޮންޓްރެކްޓްތައް ޤާއިމްކޮށްފައިނުވާ ދަނޑުވެރިންގެ އުފެއްދުންތައްވެސް މާރކެޓްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގ މަޝްރޫއު މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ވަނީ ލ.އަތޮޅުގައި ފެށިފައެވެ. އެގޮތުން އެގޮތުން ފުރަތަމަ އެއްބަސްވުންތަކުގައި ސޮއިކުރެވިފައި ވަނީ ލ.ގަން، އިސްދޫ، ކަލައިދޫ، އަދި ފޮނަދޫގެ ދަނޑުވެރިންނާ އެކުގައެވެ. ނަމަވެސް، މިހާރު ގިނަ އަތޮޅުތަކާއި ރަށް ރަށުގައި މިހާރު ވަނީ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައެވެ.

އެގްރޯ ނެޝަނަލް ކޯރޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ "ކޮންޓްރެކްޓް ފާމިން"ގެ ދަށުން އެއްބަސްވުންތައް ޤާއިމްކޮށް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީ ގޮތެއް ގައި މިކޯޕަރޭޝަނަށް ގަންނާނެއެވެ. އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ.

އެގްރޯ ނެޝަނަލް ކޯޕަރޭޝަން،,
ހ.އޯކިޑް, B8
އަމީރު އަޙުމަދު މަގު, ދިވެހިރާއްޖެ

info@agronational.mv
+960 3030 400

© އެގްރޯ ނޭޝަނަލް ކޯޕަރޭޝަން 2024