

20 މޭ 2021
ނާސްތާ ޕްރޮޤުރާމުގެ ފުރަތަމަ ދެމަސް، އެގްރޮނެޝަނަލް ކޯޕަރޭޝަން (އެގްރޮނެޓް)ގެ އެހީއާއިއެކު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ވަރަށް ކާމިޔާބުކަމާއެކު ފޯރުކޮށް ދެވިއްޖެއެވެ.
"މަދަރުސާތަކުގެ ނާސްތާ ޕްރޮގުރާމް" މުޅި ރާއްޖެއަށް ތައާރުފްކޮށްފައިވަނީ 2019ވަނަ އަހަރު، މިސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތެއްގެ ދަށުން، ހުރިހާ ދަރިވަރުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި، ދުވަހުގެ ފުރަތަމަ ކެއުމަކީ ސިއްހަތަށް ފައިދާހުރި ކެއުމެއް ކަމުގައި ކަށަވަރު ކުރުމަށެވެ.
އެގްރނެޓްގެ ފަރާތުން ރާއްޖޭގެ ހުރިހާކަންކޮޅުތަކެއްގައި ހުރި މަދަރުސާތަކަށް، ފައިދާހުރި މާއްދާތައް އެކުލެވިގެންވާ ކާނާގެ ބާވަތްތައް ފޯރުކޮށްދޭން ފެށީ ފެބްރުއަރީ 2021 ގައެވެ. މިގޮތުން، ވޭތުވެދިތަ ދެމަސްދުވަހުގެ ތެރޭގައި އެގްރޮނެޓްގެ ފަރާތުން ހަފްތާއަކު އެއްފަހަރު ދޮންކެޔޮ އަދި ދެހަފްތާއިން އެއްފަހަރު ބިސް، މިބާވަތްތައް ވަރަށް ކާމިޔާބުކަމާއެކު މަދަރުސާތަކަށް ފޯރުކޮށްދެވުނެވެ.
މީގެ އިތުރުން، މިޕްރޮގްރާމްގެ ދަށުން ފޯރުކޮށްދޭ ބާވަތްތަކުގެ އިތުރުން، މަދަރުސާތަކުގެ މެނޭޖްމަންޓުން ބާވަތްތައް އިތުރު ކުރުމަށް އެދިލެއްވުމުން، 2 ބާވަތެއްގެ މޭވާ (ކަރާ އަދި އާފަލު) އެގްރޮނެޓުން ވަނީ އިތުރުކޮށްފައެވެ. މިގޮތުން، ދޮންކެޔޮ އަދި ކަރާ ގެ އުފެއްދުމަށް ފެބްރުއަރީމަހު 77 އިންސައްތައިގެ ކުރިއެރުމެއް އަދި މާރޗްމަހު 93 އިންސައްތައިގެ ކުރިއެރުމެއް ވަނީ އައިސްފައެވެ.
"2019-2023، ސްޓްރެޓީޖިކް އެކްޝަން ޕްލޭން"ގައި ބަޔާންކޮށްފައިވާ ގޮތަށް، ސަރުކާރުގެ ހިއްސާވާގޮތަށް އުފައްދާފައިވާ އެގްރޮނެޓް ވުޖޫދަށް އައިސްފައިވަނީ 2020 ވަނައަހަރުގެ އޭޕްރީލް މަހުގައެވެ. މިކުންފުނިން އަމާޒު ހިފާފައިވަނީ، އިޤްތިޞާދީ ގޮތުން ކަނޑައަޅާ ލަނޑުދަނޑި އަށް ވާޞިލް ވުމުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި، ރާއްޖެއަށް އެތެރެކުރާ ތަކެތީގެ ބަދަލުގައި ތަކެތި އުފެއްދުމާއި އަދި ވަޒީފާތައް އުފެއްދުމާއި ވިޔަފާރީގެތިލަފަތް އިތުރަށް ހަރުދަނާ ކުރުމަށެވެ. މިހާރު އެގްރޯނެޓުން މަސައްކަތް ކުރަމުންދަނީ ގއ. އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކޮށް އެރަށްރަށުގައި ހަރަކާތްތެރިވާ ދަނޑުވެރިންނާއި ބައްދަލުކޮށް، އެފަރާތްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެމައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެކަންކަމާމެދު މަޝްވަރާކުރަމުންނެވެ.